
ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެ
# އެމްއެންޑީއެފް# ކަނޑުމަތީ ހާދިސާފޮޓޯ: އެމްއެންޑީއެފް
ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު ކަމަށާއި ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ކައިރިންނެވެ. އަދި ހަށިގަނޑު މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި އެބޯޓުން 4 މީހުން ދަތުރު ކުރި ކަމަށާއި، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގާފައެވެ.
މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަންދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ބުންޏެވެ.






