logoEN
Sto top
މެޓް އޮފީސް ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް އެއިދާރާއަށް ޚާއްސަ ބްރޭންޑިންގ އެއް!

މެޓް އޮފީސް ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް އެއިދާރާއަށް ޚާއްސަ ބްރޭންޑިންގ އެއް!

އަހުމަދު ޝުރާއު

logo

1/20/2026, 4:24:27 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

ރާއްޖޭގެ މޫސުމާއި ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ރީބްރޭންޑްކޮށްފި އެވެ.

Wamco

މެޓް އޮފީހުގެ އައު ބްރޭންޑިންގ ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް އެވެ. މިއަދުގެ ރަސްމިއްޔާތުގައި މެޓް އޮފީހުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.

މެޓް އޮފީހުން މިއަދު ބުނީ މި މަސައްކަތަކީ އެމުވައްސަސާއިން ފޯރުކޮށްދޭ މޫސުން، ކްލައިމެޓް އަދި ބިންހެލުމާއި ސުނާމީގެ އިތުރުން ދުރާއިންޒާރީ މައުލޫމާތުތައް ތަރުތީބުކޮށް އެއް ބައްޓަމަކަށް ހުށަހަޅައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އޭޖެންސީގެ އެހީގައި ޔޫއެންޑީޕީން ހިންގާ " ތައްޔާރު " ޕްރޮގްރާމުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކަތެއް ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައި އެވެ.

ސަރުކާރުގެ ތަފާތު މިނިސްޓްރީތަކުގެ ދަށުގައި "ޑިޕާޓްމެންޓްއޮފް މީޓިއޮރޮލޮޖީ" ގެ ނަމުގައި އެއިދާރާ އޮތޮމަށްފަހު، 2009ވަނަ އަހަރު "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް" ގެ ނަމަށް ބަދަލު ކުރެވިގެންދިޔުމަށްފަހުގައިވެސް އެއިދާރާގެ ލޯގޯގެ ގޮތުގައި ބޭނުންކުރަމުންދިޔައީ ގައުމީ ނިޝާނެވެ. ނަމަވެސް އައު ބްރޭންޑިންގ ގެ ދަށުން އެއިދާރާއިން މިއަދުން ފެށިގެން ބޭނުންކުރާނީ ވަކީން ޚާއްސަ ލޯގޯއެކެވެ.

View post on Twitter

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ދަށުން ދިވެހިރާއްޖޭގެ 5 ސަރަޙައްދެއްގައި މޫސުމާއި ބެހޭ އޮފީސްތައް ޤާއިމް ކުރެވިފައި ވެއެވެ. ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރަކީ ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އޮފީސްތަކުގެ މައި އޮފީހެވެ. އެހެންކަމުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ މޫސުމާއިބެހޭ 4 އޮފީހުން ތައްޔާރު ކުރާ އޭވީއޭޝަނާއި ސިނަޕްޓިކް އޮބްޒަރވޭޝަން ރިޕޯރޓްތައް ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން މޫސުމާއިބެހޭ މައި އޮފީހަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވަމުން ގެންދެއެވެ. މޫސުމާއިބެހޭ 5 އޮފީހުގެ ޚިދުމަތްވެސް މިހާރު 24 ގަޑިއިރު ފޯރުކޮށްދެމުންދާއިރު މޫސުމާބެހޭ އިތުރުމަޢުލޫމާތު އެކިސަރަޙަދުން ވަގުތުންވަގުތައް ބެލުމަށް 38 އޮޓަމެޓިކް ވެދަރ ސްޓޭޝަނާއި 3 ޓައިޑް ގޭޖް މިވަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމް ކުރެވިފައެވެ. މީގެއިތުރުން ބިންހެލުން ދެނެގަތުމަށް ރާއްޖޭގައި 2 ސީސްމޮމީޓަރު ހަރުކުރެވި ދުނިޔޭގެ ސީސްމޮމީޓަރުގެ ވިއުގައާއިވަނީ ގުޅާލެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC