logoEN
Sto top
ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު ނިޔާވެއްޖެ

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

1/20/2026, 8:27:00 AM

# ސްކައުޓް އެސޯސިއޭޝަން

-

ދިވެހި ސްކައުޓް ޖަމިއްޔާގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެއެވެ.

Wamco

މައުލޫމާތު ލިބިފައިވާގޮތުގައި މުޙައްމަދު ޚާލިދު ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު މެންދުރު ނަމާދަށްފަހު ޚާލިދުގެ ކަށުކަމާކެމީގެ ކަންކަން ވަނީ މާލޭގެ އާސަހަރާގައި ކުރިޔަށް ގެންގޮސްފައި އެވެ.

މުހައްމަދު ޚާލިދުއަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކައުޓް ތަޢާރަފްކޮށް ފުޅާކުރުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަޤާމުވެސް ފުރުއްވާގައިވާ މުޙައްމަދު ޚާލިދުއަކީ އެ އެސޯސިއޭޝަންގެ ޕަރމަނަންޓް މެންބަރެއްވެސް މެއެވެ.

މުޙައްމަދު ޚާލިދު ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާލިދަކީ ސްކައުޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އެ ޖަމްޢިއްޔާއަށް އޭނާގެ ވަކިވެދިއުމުން ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC