logoEN
Sto top
 ނޭޝަނަލް ކަބް ރެލީ އަދި ޕްރީ ކަބް މީޓް މާދަމާ ގައްދޫގައި ފަށަނީ

ނޭޝަނަލް ކަބް ރެލީ އަދި ޕްރީ ކަބް މީޓް މާދަމާ ގައްދޫގައި ފަށަނީ

އަހުމަދު ޝުރާއު

logo

11/15/2024, 3:26:02 PM

# ސްކައުޓް އެސޯސިއޭޝަން

--

ކަބް ސްކައުޓް އަދި ޕްރީ ކަބް ސެކްޝަނުގެ ކުދިންނަށް ހާއްސަ ކުރެވިގެން، ދިވެހިރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާއިން ޤަޢުމީ ފެންވަރުގައި ކުރިޔަށް ގެންދާ ނޭޝަނަލް ކަބް ރެލީ އަދި ޕްރީ ކަބް މީޓް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

ޕްރީ ކަބް ސެކްޝަން (5 – 8 އަހާރާއި ދެމެދު) އާއި ކަބް ސެކްޝަން (9 – 12 އަހަރާއި ދެމެދު) އަކީ ރާއްޖޭގެ ސްކައިޓު ޖަމުޢިއްޔާއިން ސްކައުޓްގެ ހަރަކާތްތައް ފޯރުކޮށްދޭ އެންމެ ހަނގު އުމުރުފުރާތަކެވެ. ކަބް ރެލީ އަދި ޕްރީކަބް މީޓަކީ އެކި ސްކޫލްތަކުގެ ކުދިން އެއްބައިވެ، ގުޅުން ބަދަހިކޮށް، އެކިއެކި މަޖާ ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވެ ތަޖުރިބާކުރުމަށް ލިބޭ އެއްދުވަހުގެ އިވެންޓެކެވެ.

މިއަހަރު 5 ރާއްޖޭގެ 5 ސަރަހައްދެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ފުރަތަމަ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ ގައްދޫގައި މާދަމާ އެވެ. 99 ބައިވެރިންނާއިއެކު ގައްދޫގައި މާދަމާ ފަށާ އިވެންޓަކީ ރާއްޖޭގެ ސްކައިޓު ޖަމިއްޔާއިން ގދ. އަތޮޅު ސްކޫލް (2nd ގދ. އަތޮޅު ސްކައުޓް ގްރޫޕް) އާއި ގުޅިގެން ބާއްވާ އިވެންޓެކެވެ.

އެގޮތުން މާދަމާގެ އިވެންޓުގައި ޖުމުލަ 17 ޕްރީ ކަބުންނާއި 82 ކަބްސްކައުޓުންގެ އިތުރުން 3 ޕްރީކަބް ލީޑަރުންނާއި 17 ކަބް ލީޑަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގދ އަތޮޅު ސްކޫލާއި ގދ ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލުގެ އިތުރުން ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުޓުންނެވެ.

ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާއާއި އެކި ސްކައުޓް ގްރޫޕްތައް ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މިހަރަކާތުގެ ކުރިޔަށްއޮތް ހަތަރު އިވެންޓު އޮތީ 30 ނޮވެމްބަރ 2024ގައި:

• ކުޅުދުއްފުށީ ސިޓީ، އަފީފުއްދީން ސްކޫލް (7th ގދ. އަތޮޅު ސްކައުޓް ގްރޫޕް)

• ނ. ހޮޅުދޫ، މޭނާ ސްކޫލް (3rd ނ. އަތޮޅު ސްކައުޓް ގްރޫޕް)

• މާލެ ސިޓީ، ހުޅުމާލެ

މިސިލްސިލާ ހަރަކާތުގެ ފަހު އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ 07 ޑިސެމްބަރ 2024ގައި އައްޑޫ ސީޓީގައި ޝަރަފުއްދީން ސްކޫލް (1st ސ. އަތޮޅު ސްކައުޓް ގްރޫޕް) އާއި ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC