ބައިނަލްއަގުވާމީ ސުލްހައިގެ ދުވަސް ފާހަގަކުރުމަށް ސްކައުޓް ޖަމިއްޔާއިން އިލްމީ ފޯރަމެއް ބާއްވައިފި
# ސްކައުޓް އެސޯސިއޭޝަން-
ބައިނަލްއަގުވާމީ ސުލްހައިގެ ދުވަސް ފާހަގަކުރުމަށް ސްކައުޓް ޖަމިއްޔާއިން އިލްމީ ފޯރަމެއް ބާއްވައިފި އެވެ.

ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން ކުރިއަށްގެދިޔަ މި ފޯރަމްގެ ޕެނަލްގައި 4 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ.
ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން
- އުސްތާޒާ ސާމިޔާ ޒަކަރިއްޔާ - ސީނިއަރ ލެކްޗަރަރ އޮފް އައިޔޫއެމް - ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަތް
- އުސްތާޒް އަބްދުލް މުއީދް ހަސަން. - އެސޯސިއޭޓް ލެކްޗަރަރ އޮފް އައިޔޫއެމް - މޯލްޑިވިއަން ހިސްޓަރީ
- ތޮއްލަތު ރައުފުއްދީން - ޑިރެކްޓަރ ޖެނެރަލް އޮފް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ
- އިބްރާހިމް ރަޝީދް - މެސެންޖާ އޮފް ޕީސް ލޯކަލް ކޯޑިނޭޓަރ - ސްކައުޓް އެސޯސިއޭޝަން
މި ފޯރަމް މޮޑެރޭޓް ކުރެއްވީ އަޙްމަދު ބާސިޤް މުޙައްމަދު، ހެޑްކުއާޓަރ ކޮމިޝަނަރ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓްއެވެ.
މި ފޯރަމްގައި މާލޭގެ ސްކައުޓުންގެ އިތުރުން ރާއްޖެތެރޭގެ ސްކައުޓުންވެސް ވަނީ އޮންލައިން ކޮށް ބައިވެރިވެފައެވެ.މުޅި ޖުމްލަ 400އަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެފައިވެއެވެ.
ގުޅުންހުރި

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު ނިޔާވެއްޖެ

400 އަށްވުރެ ގިނަ ސްކައުޓުންނާއިއެކު ނެޝަނަލް ޕެޓްރޯލް ކޭމްޕު ކުޑަގިރީގައި ފެށިގެން ކުރިޔަށް!





