
ގާސިމްގެ ޖޭޕީން ކެނޑިޑޭޓުން ނެރޭނީ މާމިގިއްޔަށް އެކަނި: އެހެން ދާއިރާތަކުން ތާއީދުކުރާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް!
# ޖުމްހޫރީ ޕާޓީ-
ޖުމްހޫރީ ޕާޓީން ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާނީ ހަމައެކަނި އދ މާމިގިލީ ކައުންސިލަށް ކަމަށް ނިންމައިފި އެވެ.

މިނިންމުން ނިންމާފައިވަނީ މިއަދު ޖޭޕީން ބޭއްވި އެޕާޓީގެ ކައުންސިލުގެ ބައްދަލުވުމެއްގައި އެވެ.
ޖޭޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެޕާޓީން ވާދަކުރާނީ މާމިގިލީ ދާއިރާގެ ގޮނޑިތަކަށް ކަމަށް މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ކަމަށެވެ. އަދި މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ޖޭޕީން ތާއީދުކުރަން ނިންމާފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށް ކަމަށާއި އަދި އެ ޕާޓީއާ ގުޅިގެން އެހެން ދާއިރާތަކުގައި މަސައްކަަތްކުރުމަށްވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.
ޖޭޕީގެ ގައުމީ ކައުންސިލުގެ މި ނިންމުމާއިއެކު ޖޭޕީން މާމިގިލި ދާއިރާގެ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެ ޕާޓީގެ ކެނޑިޑޭޓުން ނެރޭނެއެވެ.
ޖޭޕީން ކެނޑިޑޭޓުން ނެރެން ނިންމާފައިވާ މާމިގިއްޔަކީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ މެމްބަރުކަން ޖަމާނުއްސުރެ ކުރައްވަމުން ގެންދަވާ ދާއިރާއެވެ.
ޖޭޕީން މި ނިންމުން ނިންމާފައިމިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް އިލެކްޝަން ކޮމިޝަނުން އިއްޔެ ހުޅުވާލާފައިވަނިކޮށެވެ.
ގުޅުންހުރި

ގާސިމްގެ ޖޭޕީން ކެނޑިޑޭޓުން ނެރޭނީ މާމިގިއްޔަށް އެކަނި: އެހެން ދާއިރާތަކުން ތާއީދުކުރާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް!

އަބްދުއްރަހީމް އަށް މާމިގިލިން ރަތްދޫލައިގެ މަރުހަބާ އެއް!

ގާސިމްގެ މެނިފެސްޓޯ: ފުށިދިއްގަރު ފަޅު ހިއްކައިގެން "އީކޯސިޓީ" އެއް





