
ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމަށް ނަޝީދުގެ މަރުހަބާ!
# ރައީސް ނަޝީދު# ގާސިމް އިބްރާހިމް# ޖުމްހޫރީ ޕާޓީbig_rZo6DtmbYUh7vsQCiygLzkGmw
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ނަޝީދު ގާސިމްއަށް މަރުހަބާ ދަންނަވާފައި މިވަނީ، ޖުމްހޫރީ ޕާޓީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި، އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމާ ގުޅިގެންނެވެ.
"ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވި އޮނަރަބަލް ގާސިމް އިބްރާހިމް އަށް މަރުހަބާ" - ރައީސް ނަޝީދު
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވެސް ވާޖިބެއް ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ، ސެޕްޓެމްބަރު މަހު 9ވަނަ ދުވަހު އެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމް، އެމްޑީޕީ، އެމްއެންޕީ އަދި ޖޭޕީން ވަނީ އެޕާޓީތަކުގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތްތަކަށް ރިޔާސީ ޓިކެޓް އަރުވާފައެވެ.
ގުޅުންހުރި

ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ މުޒާހަރާއަށް މިރޭ ނަޝީދު ނުކުމެވަޑައިގަންނަވަނީ

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ރިޔާސީ ޕްރައިމެރީގައި ނަޝީދުގެ ތާއީދު ފައްޔާޒުއަށް: ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ




