
ގާސިމްގެ މެނިފެސްޓޯ: ފުށިދިއްގަރު ފަޅު ހިއްކައިގެން "އީކޯސިޓީ" އެއް
# ރިޔާސީ އިންތިޚާބު 2023# ޖުމްހޫރީ ޕާޓީ# ޤާސިމް އިބްރާހިމްb_yAm7hljmqWvhFWTtzdwOTtp3h
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މެނިފެސްޓޯގައި "އީކޯސިޓީ" އެއް ބިނާކުރުމަށް ހިމަނައިފިއެވެ.

މި އީކޯސިޓީއަކީ ކަށަވަރު ބޯހިޔާވަހިކަމާއި، "ސްމާޓް" ރާއްޖެއާއި، ދެމެހެއްޓެނިވި ތިމާވެއްޓާއި، އިޤްތިސާދީ ސިޔާސަތުގެ ދަށުން މާލެއާއި 9 ކިލޯމީޓަރު ދެކުނުގައި އޮތް މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައިގެން ބިނާކުރީ ސިޓީއެކެވެ.
ފަންނީ މާހިރުންގެ ލަފާގެ މަތިން ދިރާސާކުރުމަށްފަހު، ކުރިމަގަށް ފުރިހަމައަށް ފަރުމާކޮށްގެން ބިނާކުރުމަށް ނިންމާފައިވާ މި އީކޯސިޓީއަކީ ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތަށް ބަލާއިރު، މާލެއަށް ނުރައްކާ އޮތުމާއެކު 14000 ހެކްޓަރުގެ މި ފަޅު ހިއްކާނީ ދިޔަވަރު ބޮޑުވާއިރު ހުންނަ މިންވަރަށްވުރެ މަދުވެގެން 2 މީޓަރު އުސްކޮށް ރަށް ރައްކާތެރި ކުރުމަށްޓަކައި ވަށައިގެން ހެދޭ ބްރޭކްވޯޓަރ އާއި އެކުގައި ތަރައްގީކުރުމަށް ނިންމާފައިވާ ސިޓީއެކެވެ. އެއީ މެދު ދިޔަވަރަށްވުރެ 2.5 މީޓަރުގެ އުސްމިނުގައެވެ.
ގާސިމްގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ފެންވަރުގެ 10،000 ރެޒިޑެންޝަލް ޔުނިޓް މި ސިޓީގައި ބިނާކުރާނެއެވެ. އަދި މި ސިޓީގައި ޖުމްލަ 30،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުރިމަގުގައި އިމާރާތް ކުރުމުގެ ޖާގަ އޮންނާނެއެވެ. އަދި މި ސިޓީގައި ބިނާކުރުވޭ އިމާރާތްތަކަކީ މާލޭ ސަރަހައްދުގައި އިމާރާތްކުރެވިފައިވާ ބޯހިޔާވަހިކަމުގެ ޔުނިޓްތަކަށްވުރެ ތަނަވަސްކޮށް، އާއިލާއާއެކު ހަމަޖެހިގެން އުފަލާއި އަރާމުގައި ދިރިއުޅެވޭނެ ހައުސިންގ ޔުނިޓްތަކެކެވެ.
އަދި މި އީކޯސިޓީގައި، ޕާކްތަކާއި، އެންޓަރޓެއިންމެންޓް އަދި ބިޒްނަސް ސެންޓަރުތަކާއި، ޝޮޕިންމޯލްތަކާއި، ކޮންވެންޝަން ސެންޓަރއާއި، ސްޕޯޓްސް އެރީނާތަކާއި، އެކި ފެންވަރުގެ ހޮޓާ ތަކާއި، ގެސްޓް ހައުސްތަކާއި ގްރީން އޭރިޔާތަކާއެކު، ކުރިމަގުގައި ރައްޔިތުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތެއް ގާއިމުކުރުމަކީ ޤާސިމް އިބްރާހިމްގެ ވަޢުދެކެވެ.
މިއީކޯސިޓީގައި ކުރިމަގުގައި މިފަދަ މަޝްރޫއުތައް ހިންގާނޭ ހުސްޖާގަ އޮންނާނެއެވެ. އަދި މިއީ ސޯލަރ އެނަރޖީ ފަދަ ތިމާވެއްޓާއި ރަހްމަތްތެރި ވަސީލަތްތައް ހިމެނިގެން ތަރައްގީ ކުރެވޭ ސިޓީއެކެވެ.
ގުޅުންހުރި

ގާސިމްގެ ޖޭޕީން ކެނޑިޑޭޓުން ނެރޭނީ މާމިގިއްޔަށް އެކަނި: އެހެން ދާއިރާތަކުން ތާއީދުކުރާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް!

އަބްދުއްރަހީމް އަށް މާމިގިލިން ރަތްދޫލައިގެ މަރުހަބާ އެއް!

ސަރުކާރަށް ޖެއްސުންކޮށްގެން ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނެތް - ޤާސިމް





