
ޑާކާގައި ކުރިޔަށްދިޔަ ސަރޗް 2026 ގައި ރާއްޖެއިން ބައިވެރިވެއްޖެ
# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ-
ބަންގްލަދޭޝްގެ ޑާކާގައި، "ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ" (ސަރޗް 2026)ގެ ނަމުން ކުރިއަށްގެންދިޔަ ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ ދިވެހިރާއްޖެ ތަމްސީލުކުރައްވައިފައެވެ.

އެކި ޤައުމުތަކުގެ އިސްބޭފުޅުން ބައިވެރިވި މި ކޮންފެރެންސްގައި، މަތީ ތަޢުލީމީ ދާއިރާގެ މުސްތަޤުބަލް ބިނާކުރުމުގައި، ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޖުތިމާއީގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މީގެ އިތުރުން، މި ކޮންފެރެންސްގައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދު ވަނީ ދިވެހިރާއްޖެ ތަމްސީލުކުރައްވައި ޚިތާބުދެއްވަވައިފައެވެ. މި ޚިތާބުގައި އެކަމަނާ ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ޤައުމުތަކާއި ގުޅިގެން ޢިލްމީ މަސައްކަތްތަކާއި ދިރާސާގެ ޢަލީގައި މަތީ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.
ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ (ސަރޗް 2026)ގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދުގެ އިތުރުން މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.
ގުޅުންހުރި

ޑާކާގައި ކުރިޔަށްދިޔަ ސަރޗް 2026 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ފުވައްމުލައް ސިޓީ އަދި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމުކުރަނީ!

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި





