
ފުވައްމުލައް ސިޓީ އަދި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމުކުރަނީ!
# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ-
ފުވައްމުލައް ސިޓީ އާއި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ދިނުމަށް ޚާއްސަ އިންސްޓިޓިއުޓްތައް ގާއިމުކުރުމުގެ މަޝްރޫއުތައް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް އެ މިނިސްޓްރީން ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތްފޯރާއަގެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
މި މަޝްރޫއުތަކުގައި ބިނާ ކުރެވޭ އިންސްޓިޓިއުޓްތަކުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި އައި. ސީ. ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން ސެމިނަރ/މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމް އަދި ލައިބްރަރީ ވެސް ހުންނާނެއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް މަދުވެ، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް މި ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

ޑާކާގައި ކުރިޔަށްދިޔަ ސަރޗް 2026 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ފުވައްމުލައް ސިޓީ އަދި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމުކުރަނީ!

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި





