logoEN
Sto top
ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

10/14/2025, 8:01:41 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

-

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭ ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާގައި ސޮއިކޮށްފި އެވެ.

Wamco

މި އެއްބަސްވުމުގައި ސޮއިކުރީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ދެމެދު އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ގިނައިން މުޚާތަބުކުރާ ބަސްބަހުން މުޢާމަލާތްކުރުމަށް ބޭނުންވާ ތަމްރީނު ދިވެހީންނަށް ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، ޖުމްލަ 625 ދިވެހި ދަރިވަރުންނަށް ބޭރުގެ އެކި ބަސްބަސް ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ދިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ވަޢުދެކެވެ. ބޭރުގެ ގިނަ ބަހުރުވަތަކުން ވާހަކަދެއްކުމުގެ ތަމްރީނު ލިބިފައިވާ ގިނަ ދިވެހިން ތަމްރީނުވެގެން ދިޔުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިޤްތިޞާދަށް ލިބިގެންދާ ކުރިއެރުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC