logoEN
Sto top
ޖަލީލު ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކު، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ޓީމެއް!

ޖަލީލު ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކު، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ޓީމެއް!

އަހުމަދު ޝުރާއު

logo

1/18/2026, 6:38:23 PM

# ޕީއެންސީ

-

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަރައްޤީގެ ތަސައްވަރު ތަންފީޒުކުރެވޭނެ ޓީމަކާއި އެކުގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

Wamco

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ކެމްޕެއިން އޮފީސް ހުޅުވުމަށްޓަކައި މާލެ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާ ކެނޑިޑޭޓުންނާއި އެކުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލޭގެ ރައްޔިތުން އަބަދު މާޒީގެ ވާހަކަ ދައްކައި، ސިޔާސީ ލީޑަރުންގެ އޮޅުވާލުންތަކުގެ ތެރޭގައި ތިބެގެން ނުވާނެކަމަށް ވިދާޅުވެ މާލެއަކީ ވިސްނުންތެރި، ތައުލީމީ އަދި ޒިންމާދާރު ޒުވާނުންނާއި ލީޑަރުން އުފެދިފައިވާ ފަސްގަނޑެއްކަން ފާހަގަކުރައްވާފައި އެވެ. މޫސާ ޢަލީ ޖަލީލް އާއި ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެން ނައިބު ރައީސް ވިދާޅުވީ މޫސާ ޢަލީ ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކުގައި ކަމަށާއި، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ޓީމެއް ކަމަށެވެ.

ޕީއެންސީގެ މެމްބަރުން ހިމެނޭ ސިޓީ ކައުންސިލަކާއިއެކު ރައްޔިތުން ސީދާ ގޮތެއްގައި އެދޭ ތަރައްޤީ، ރައްޔިތުން ބޭނުންވާ ގޮތަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އިމާރާތް ކުރުމުގެ ކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއި، މަގުތައް އަމާންކުރުމާއި، ޕާކިންގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ގައުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރުންގެ ފަހަތްޕުޅުގައި ދިވެހި ޒުވާނުން ރުކުރުވާލުމަށް އިލްތިމާސްކުރައްވައި އެފަދަ ލީޑަރުންނާއެކު މަސައްކަތް ކޮށްފިނަމަ، ގައުމު އެދޭ އަމާންކަމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC