
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ!
# މޫސާ އަލީ ޖަލީލް-
ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ޕީއެންސީން މައުލޫމާތު ދޭގޮތުގައި މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނަނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގަ އެވެ. މުސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ގާއިމްކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި މީގެކުރީން ޕީއެންސީގެ ކެމްޕެއިން ޖަގަހަ ހިންގި އިމާރާތުގައި އެވެ.
ޕީއެންސީން ވަނީ މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ކޮންގްރެސް ޕާޓީގެ މެންބަރުންނާއި މާލޭގެ ރައްޔިތުންނަށް ދައުވަތުދީފައި އެވެ.
ޕީއެންސީން ދާދި ފަހުން ބޭއްވި އެޕާޓީގެ ޕްރައިމެރީއަށް މާލޭގެ މޭޔަރުގެ މަގާމަށް ޓިކެޓު ހޯދުމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީލް އެކަންޏެވެ. މިއާއިއެކު އިތުރު އިންތިހާބަކާއި ނުލައި މާލޭގެ މޭޔަރު ކަމުގެ ޓިކެޓު މޫސާ އަލީ ޖަލީލްއަށް ވަނީ ކަށަވަރުވެފައި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި މޫސާ އަލީ ޖަލީލް އަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބޭފުޅެކެވެ.
ގުޅުންހުރި

މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވައި ކެމްޕެއިން މެކުހަށް!

މޭޔަރުގެ މަގާމަށް ނިކުމެވަޑައިގަތީ ރައީސް މުއިއްޒު މޭޔަރުކަމުގައި ކުރި ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބަލައިގެން - މޫސާ އަލީ ޖަލީލް

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ!





