
ފަސޭހަކަމާއެކު ސިޓީ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނައަށް
# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ޔުނައިޓެޑާއި މެމެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުވެފައިވާއިރު، މިއީ މައިކަލް ކެރިކް އެޓީމައި ހަވާލުވިފަހުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ. އަދި ހުރިހާ މުބާރާތެއްގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު 13 އެޓީމު ބަލިވެފައިނުވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ޔުނައިޓެޑުންނެވެ. އަދި ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ޑިއާލޯ އަދި ފެނާންޑޭސް ކާމިޔާބުކުރި ދެލަނޑު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނީންމީ އޮފްސައިޑް ކަމަށެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު ފޯވާޑް ބްރަޔާން އެމްބޫމޯ ކާމިޔާބުކުރިއިރު، ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ޑޯގޫ އެވެ. އަދި މީގެ އިތުރުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި މައުން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ވެސް އޮފްސައިޑް ލަނޑެއްކަމަށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 35 ޕޮއިންޓް ލިބިފައިވާއިރު. ސީޒަނުގެ ކުރީކޮޅު އެޓީމުގެ ނަތީޖާތައްދަށްވެ ރެލިގޭޓްވެދާނެކަމަށް ބެލެވުނު ޔުނައިޓެޑް މިވަގުތު އޮތީ ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 22 މެޗުން ހޯދި 43 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު، މިމެޗުގައި ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.
ގުޅުންހުރި

އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ފަސޭހަކަމާއެކު ސިޓީ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނައަށް

އީއެފްއެލް ކަޕް: ރަށުން ބޭރުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި





