.webp&w=3840&q=75)
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފި
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ-
ކޮންމެ އަހަރެއްގެ ވެސް ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަހުގެ ގޮތުގައި 15 ޖަނަވަރީ ފާހަގަކުރާއިރު، އެ ދުވަހަށް ޚާއްޞަ ޝިޢާރެއް ކަނޑައަޅައެވެ. އެގޮތުން މި އަހަރަށް ކަނޑައެޅި ޝިޢާރަކީ "މަރުދޭށޭވީ ޤައުމާ ވަތަނާ ދީނަށް" ށެވެ.

މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކުގެ މެދުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގަ އެވެ.
މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖަނަވަރީ މަހުގެ 15ވަނަ ދުވަހުގައެވެ. މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މާޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ. ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޚަބަރުގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން 3 ދުވަސް މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފި

ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާރެއް ކުރިއަށްދަނީ

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި





