logoEN
Sto top
ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާރެއް ކުރިއަށްދަނީ

ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާރެއް ކުރިއަށްދަނީ

އަހުމަދު ޝުރާއު

logo

12/20/2025, 1:15:58 PM

# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ

-

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހިންގާ ސިގްނޭޗަރ ރިސަރޗް ސްކޮލާޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާރުގެ ދެވަނަ ވޯކްޝޮޕް ފެށިއްޖެއެވެ.

Wamco

މި ސެމިނާރުގެ ދެވަނަ ބައި މިއަދު ކުރިއަށްދާއިރު، ފުރަތަމަ ބައި ކުރިއަށް ގެންދެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވީ ހޮނިހިރު ދުވަހުއެވެ.

މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އަދި އޮސްޓްރޭލިއާގެ އާރ.އެމް.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

މި ޚާއްސަ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް ހިރުޖަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

މި ސެމިނާރުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC