
ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ-
ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީ (އެންޕީސީއެސްސީ)ގެ ވައިސް ޗެއާމަން، ހިޒް އެކްސެލެންސީ ވަންގް ޑޮންގްމިންގ، ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ޤައުމީ ދާރުލްއާސާރަށް އެމަނިކުފާނު ކުރެއްވި މި ޒިޔާރާތުގައި އެމަނިކުފާނާ އިސްތިޤުބާލުކުރައްވައި މަރުޙަބާ ދެންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ޒިޔާރަތުގައި އެތަނުގައި ތަރުތީބުކޮށްފައިވާ އާސާރީ ތަކެއްޗާ ބެހޭ ތަފްސީލްތައް ދާރުލްއާސާރުގެ ފަރާތުން ވަނީ އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ. މި މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރެއްވީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުންނެވެ.
ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ކުރެއްވި މި ޒިޔާރާތުގައި އަރިހުގައި ޗައިނާގެ ފޮރިން އެފެއާޒް ކޮމެޓީ އޮފް ދަ ނޭޝަނަލް ކޮންގެރެސްގެ ވައިސް ޗެއަރމަން އަދި ޗައިނާ މޯލްޑިވްސް ފްރެއިންޑްޝިޕް ގްރޫޕް އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސްގެ ވައިސް ޗެއާމަން ވަންގ ކޭ ގެ އިތުރުން ޗައިނާގެ ސޯޝަލް ޑިވެލޮޕްމަންޓް ކޮމެޓީގެ އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސް ވައިސް ޗެއަރމަން ޓަން ޓިއަންކްސިންގ ވެސް ބައިވެރިވެވަޑައިގަތެވެ.
ފަހަކަށް އައިސް، ދާރުލްއާސާރަށް ޒިޔާރަތްކުރާ ބޭރުގެ ވަފުދުތަކާއި، ފަތުރުވެރީންނާއި، ދިވެހީންނާއި، މަދުރަސާކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކޮށްފި

ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ - ވަޒީރު
-1754537238044.webp&w=3840&q=75)




