
--
އައިނު ހެއްދުމަށް 17 ތަނަކުން އާސަންދަ ހިދުމަތް މިހާރު ލިބޭނެ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން، ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރެއްވުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އެޅިގެންދިޔަ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
އާސަންދައިން ބުނީ ނަންބަރު އައިނުތަކަށް އާސަންދަ ސްކީމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެމްޕެނަލްކުރެވި، އައިނު ހައްދައިދޭ ތަންތަނުން ރަޖިސްޓަވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިލިބޭނެ ކަމަށެވެ.
އާސަންދައިން އައިނު ހެއްދޭނެ ތަންތަން:
1. އޭޑީކޭ ހޮސްޕިޓަލް2. އެޑްވާންސް އައި ކްލިނިކް3. އެޑްވާންސް މެޑިކަލް ކްލިނިކް4. އެއިމްސް ޑައިގްނޯސްޓިކް ކެއަ5. އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަ6. ޗިޓީ އޮޕްޓިކަލް ކްލިނިކް7. އައި ކެއަ ކްލިނިކް8. އައި ކެއަ ކްލިނިކް ހުޅުމާލެ ބްރާންޗް9. އައި ކެއާ ހޮސްޕިޓަލް10. އައި ކެއާ ހޮސްޕިޓަލް ހުޅުމާލެ11. ފަރޫކް ހެލްތު ކެއާ12. މަލްޑިކެއާ13. ނޫސަންދާ14. ސެނަހިޔާ15. ޓްރީޓޮޕް ހޮސްޕިޓަލް16. ވިޝަން ކްލިނިކް17. ޕަބްލިކް ހެލްތު ފެސިލިޓީސް
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި އައިނު ފިިހާރަ ހުޅުވައިފައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ސަރުކާރުގެ އައިނު ފިހާރަ ހުޅުވަން ހަމަޖެހިފައިވެ އެވެ.
ގުޅުންހުރި

އައިނު ހެއްދުމަށް 17 ތަނަކުން އާސަންދަ ހިދުމަތް މިހާރު ލިބޭނެ

އަންނަ ހަފްތާގެ ބުރާސްފަތިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނަށް އާސަންދަ ލިބިގެންދާނެ!

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ފަށައިފި





