logoEN
Sto top
އީއެފްއެލް ކަޕް: ރަށުން ބޭރުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

އީއެފްއެލް ކަޕް: ރަށުން ބޭރުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

1/14/2026, 11:25:06 PM

# ޗެލްސީ# އާސެނަލް# އިނގިރޭސި ލީގު ކަޕް# ބޭރު ދުނިޔޭގެ ކުޅިވަރު

ޗެލްސީ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ލީގު ކަޕް ސެމީފައިނަލް ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކުރުމަށްފަހުއެވެ. އަދި ޗެލްސީ ސެމީއިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ކާޑިފް ސިޓީ ބަލިކުރުމަށްފަހު އެވެ.

ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅުން އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ވައިޓް އެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ހަަތަރުވަނަ މިނެޓުގައި ފޯވާޑް ވިކްޓަރ ގްޔޮކަރޭސް ކާމިޔާބުކުރިއިރު، ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ޗެލްސީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްޖަންޑްރޯ ގަނާޗޯ އެވެ.

ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލްގެ މިޑްފީޑަރު މާޓިން ޒުބިމެންޑީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ގަނާޗޯ ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއައަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ރޭ ދަންވަރު ރާއްޖެގަޑިން 1:00 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC