logoEN
Sto top
އާބެލޯއާގެ ފުރަތަމަ މެޗުގައި ކޮޕާ ޑެލަރޭގެ ދެވަނަ ބުރުން ރެއާލް މެޑްރިޑް ކަޓައިފި

އާބެލޯއާގެ ފުރަތަމަ މެޗުގައި ކޮޕާ ޑެލަރޭގެ ދެވަނަ ބުރުން ރެއާލް މެޑްރިޑް ކަޓައިފި

ހަސަން ޝަމްއޫން

logo

1/14/2026, 11:10:35 PM

# ކޮޕާ ޑެލްރޭ # ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު

އަލްވާރޯ އާބެލޯއާ

ކޮޕާ ޓެލަރޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ރަށުން ބޭރުގައި ދެވަނަ ޑިވިޝަންގެ އަލްބަސޭޓޭ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

Wamco

މުބާރާތުގެ ދެވަނަ ބުރުން އަލްބަސޭޓޭ ޖާގަހޯދީ މުބާރާތުގެ ތިންވަނަ ބުރުގައި ލަލީގާގެ ވަރުގަދަ ޓީމެއްކަމަށްވާ ސެލްޓަވީގޯ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. އަދި ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގަހޯދީ މުބާރާތުގެ ތިންވަނަ ބުރުގައި ތިންވަނަ ޑިވިޝަންގެ އެފްސީ ތަލެވޭރާ 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ސްޕެނިޝް ސުޕަކަޕްގެ ފައިނަލުގައި ބާސެލޯނާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ މަގާމުން ވަކިކޮށްފައިވާއިރު، މިމެޗަކީ އެޓީމާއި އަލަށް ހަވާލުވި އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަަމަ މެޗެވެ. އަދި މިމެޗުގައި ރެއާލް މެޑްރިޑުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފައިވާއިރު، ސީނިއާރ ގިނަ ކުޅުންތެރިންތަކަކަށް އާބެލޯއާ ވަނީ ރެސްޓްދީފައެވެ.

އޭގެ ތެރޭގައި މިސީޒަނުގެ ރެއާލް މެޑްރިޑްގެ ޓޮޕް ސްކޯރާ ކިލިއަން އެމްބާޕޭ އާއި މިޑްފީލްޑަރު ބެލިންގްހަމްގެ އިތުރުން ރޮޑްރީގޯ، ޗުއަމޭނީ, ކޯޓުއާ އަދި ކަރޭރާސް ހިމެނެއެވެ.

މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ލަނޑުޖައި ކުރިހޯދީ އަލްބަސޭޓޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ހާވިއޭ ވިލާ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގަައި ރެއާލް މެޑްރިޑަށް ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ފްރެންކޯ މަސްޓަންޓުއަނޯ އެވެ.

އަލްބަސޭޓޭ އިން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔަބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖްރިބާކާރު ފޯވާޑް ޖެފްޓޭ ބެޓަންސޯ އެވެ. އަދި ރެއާލްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އެޓީމަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖެފްޓޭ ބެޓަންސޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލްބަސޭޓޭއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC