logoEN
Sto top
ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް "ވާދޫ ގްރީން ފާމް" އިފްތިތާޙްކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް "ވާދޫ ގްރީން ފާމް" އިފްތިތާޙްކޮށްފި

އަހުމަދު ޝުރާއު

logo

1/13/2026, 4:22:17 PM

# ދަނޑުވެރިކަން

-

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މަރިޔާ, "ވާދޫ ގްރީން ފާމް" އިފްތިތާޙް ކުރައްވައިފި އެވެ.

Wamco

މި މަޝްރޫޢަކީ ޔޫ.އެން.ޑީ.ޕީ އާއި، މިވުޒާރާއާއި، އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ދިވެހިރާއްޖޭގައި ރަށްފުށުގެ މުޖުތަމަޢުތައް އިސްކޮށްގެން ކުރިއަށްގެންދާ މޫސުމަށް އެކުވެރި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.

ވާދޫ ގްރީން ފާމް އިން ތަޢާރަފްކުރަނީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރީގެ ބޮޑުމިނުގައި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމެވެ. މި މަރުކަޒުގައި ތިމާވެއްޓާ އެކުވެރި އެތައް ޓެކްނޮލޮޖީތަކެއް އެކުލެވިގެންވެއެވެ. އެގޮތުން:

ސޯލާ-ޕަވަރޑް ހައިޑްރޮޕޯނިކްސް: ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގުމަށް ފުރާޅު މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ބޭނުންކުރުން.

ވަޞީލަތްތައް މެނޭޖްކުރުން: ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ އެކުވެރި ގްރޯވިންގ މީޑިއާ އެކުލެވުން.

އުފެއްދުމުގެ ޤާބިލިއްޔަތު: މި ފެސިލިޓީގައި ކޮންމެ ފަހަރަކު600 ކިލޯ ކިއުކަމްބާ އާއި400 ކިލޯ ކާން ބޭނުންކުރާ ފަތުގެ ބާވަތްތައް އުފެއްދުމަށް ފަރުވާކުރެވިފައި

މި މަޝްރޫޢުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ޖިންސީ ހަމަހަމަކަމާއި އަދި ރަށު ފެންވަރުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމެވެ. މި ފާމުން ކޮންމެ މަހަކު ގާތްގަނޑަކަށް 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު، މިއީ މުޖުތަމަޢަށް ދިރިއުޅުމުގެ ޤާބިލް ވަޞީލަތެއް ހޯދައިދޭނެ ކަމެކެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް 18 އަންހެނަކަށް ވަނީ ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމުގެ އެޑްވާންސްޑް ތަމްރީން ދެވިފައި އެވެ.އަދި އިތުރު 25 އަންހެނުންނަށް ވަނީ ސޯލާ ހަކަތައިގެ ނިޒާމުތައް ހަރުކުރުމާއި ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމުގެ ތަމްރީން ދެވިފައެވެ.

މި ގްރީން ފާމަކީ ވާދޫގެ ބޮޑު ކާމިޔާބީގެ ހިއްސާއެކެވެ. ޖީ.އީ.އެފް އެސް.ޖީ.ޕީގެ އެހީގައި ކުރިއަށްގެންދިޔަ އެކި މަޝްރޫޢުތަކުގެ ތެރެއިން، ވީ.އޭ.އެފް.ޑީ އިން ވަނީ އެރަށުގެ ހަކަތަ ބޭނުންކުރާ ގޮތް ބަދަލުކޮށްފައެވެ:

މި ނިޒާމުތައް އަމިއްލައަށް ހިންގާ އަދި ބެލެހެއްޓުމަށް 40 ށް ވުރެ ގިނަ މީހުނަށް ވަނީ ތަމްރީން ދެވިފައެވެ.

ވާދޫ ގްރީން ފާމް އަކީ ސީދާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް)ހާސިލްކުރުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ޚާއްޞަކޮށް، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، މޫސުމަށް ބަދަލުވުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އަދި ހުރިހާ ފަރާތްތަކަށް ހަމަހަމަ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށް އަމާޒުކުރެއެވެ. މިއީ ބައިނަލްއަޤްވާމީ މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލާ ކުދި ރަށްފުށުގެ މުޖުތަމަޢުތަކަށް ބޮޑެތި ބަދަލުތައް ގެނެސްދެވިދާނެ ގޮތުގެ ޤައުމީ މިސާލެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC