
ފިއޮރެންޓީނާ އާއި އޭސީ މިލާންގެ ކުރިމަތިލުން އެއްވަރު
# ފިއޮރެންޓީނާ # އޭސީ މިލާން # ބޭރު ދުނިޔޭގެ ކުޅިވަރު# އިޓާލިއަން ސެރިއޭފިއޮރެންޓީނާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިން...
އިޓާލިއަން ސެރިއޭގައި މިރޭ ރަށުން ބޭރުގައި ފިއޮރެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ ކުރީގައި އޮތް އިންޓަ މިލާނާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކުރުމަށް ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލައިފިއެވެ.

ލީގުގައި ފިއޮރެންޓީނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ލާޒިއޯ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި އޭސީ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ޖެނޯއާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭސީ މިލާނުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
ދެވަނަ ހާފު ފިއޮރެންޓީނާ އިން ވަރުގަދަކޮށް ފެށިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕިއެޓްރޯ ކަމޫޒޯ އެވެ.
އޭސީ މިލާނުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން އޭސީ މިލާނަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ފިއޮރެންޓީނާއަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.
ގުޅުންހުރި

ފިއޮރެންޓީނާ އާއި އޭސީ މިލާންގެ ކުރިމަތިލުން އެއްވަރު

މާޓިނެލީގެ ހެޓްރިކާއެކު ޕޯޓްސްމައުތު ބަލިކޮށް އާސެނަލް އެފްއޭކަޕް ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި

ޕެނަލްޓީގައި މާސޭ ބަލިކޮށް ޕީއެސްޖީ އިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސުޕަކަޕް ކާމިޔާބުކޮށްފި





