logoEN
Sto top
ޕެނަލްޓީގައި މާސޭ ބަލިކޮށް ޕީއެސްޖީ އިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސުޕަކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީގައި މާސޭ ބަލިކޮށް ޕީއެސްޖީ އިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސުޕަކަޕް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

1/8/2026, 9:31:15 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފްރާންސް ސުޕަކަޕް

ޕީއެސްޖީ އާއި މާސޭ ވިލާ ވާދަކުރި މެޗުގެ ތެރެއިން

ކުވެއިތުގައި މިރޭ ކުޅުނު ފްރެންޗް ސުޕަކަޕް ފައިނަލުގައި މާސޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެ ޕީއެސްޖީ އިން މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދައިފިއެވެ.

Wamco

ކުވެއިތު ސިޓީގެ ޖަބަރު އަލް އަހުމަދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރުގެ ފީފާ ދަ ބެސްޓް އަދި ބެލެންޑިއޯ ކާމިޔާބުކުރި އުސްމާން ޑެމްބެލޭ އެވެ.

މާސޭ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެމެއިކާ ފޯވާޑް މެއިސަން ގްރީންވުޑް އެވެ. އަދި އެޓީމު މެޗުގެ ލީޑިހޯދި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކުރި މިލަނޑަކީ ޕީއެސްޖީގެ ޑިފެންޑަރު ވިލިއަމް ޕަޗޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕީއެސްޖީ އިން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، މާސޭ އިން ޖެހި ހަތަރު ޕެނަލްޓީގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC