
-
ޒުވާން ޖީލުގެ މެދުގައި ދަނޑުވެރިކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، މި ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކެލާ ސްކޫލްގެ ނޭޗަރ ކްލަބްގެ މެންބަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

ކެލާ ސްކޫލްގެ މެނޭޖްމަންޓާއި ޕީ.ޓީ.އޭ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ކެލާ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ ކެލާ ބްރާންޗްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ފެށިގެންދިޔަ މަސައްކަތެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަމަލީ ގޮތުން ލެޓިއުސް އަދި ކިއުކަންބާ ހައްދާނެ ގޮތް ދަސްކޮށްދެވޭނެއެވެ.
މި އިސްނެގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުން (މެޕް) ތަމްރީނުކުރެވިފައިވާ އިސް ދަނޑުވެރިން ކަމަށްވާ ޢަލީ ރަޒީން އާއި އާދަމް އިމްސާޒް އެވެ. މި މުޅި މަސައްކަތް ކުރިއަށްދަނީ މެޕް ޕްރޮޖެކްޓްގެ ފީލްޑް ސްޓާފް މުޙައްމަދު އިބްރާހީމްގެ ސީދާ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ.
މެޕުން އަންނަނީ ރާއްޖޭގައި ޒަމާނީ ދަނދުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީން ތަކާއި، މަޝްރޫޢުތައް ހިންގަމުންނެވެ. މިގޮތުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމުކޮށް، 12 ރަށެއްގައި GALS ޕްރޮގްރާމް ހިންގާފައިވާއިރު 6 ރަށެއްގައި ހޯމްގާޑިނިންގ ޕްރޮގްރާމް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 320 ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީން ދީފައިވެއެވެ. އަދި މިހާތަނަށް 24 އިސް ދަނޑުވެރިން ވަނީ ތަމްރީން ކޮށްފައެވެ.
ގުޅުންހުރި

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
ށ. ގޮއިދޫގައި ހަދަމުން އަންނަ ގްރީން ހައުސްތަކުގެ ބޮޑު ބައި ނިމިއްޖެ

ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް "ވާދޫ ގްރީން ފާމް" އިފްތިތާޙްކޮށްފި

.gif&w=3840&q=75)



