
ފުލަމް އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު
# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ފުލަމްލިވަޕޫލާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލުން ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

ލީގުގަައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގަައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފުލަމް އިންނެވެ.
ފުލަމްގެ ކްރޭވެން ކޮޓޭޖްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ހެރީ ވިލްސަން އެވެ.
ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި މިޑްފީލްޑަރު ފްލޮރިއަން ވިޓްޒް ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެެވެ.
ނަމަވެސް އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި ފުަލަމްގެ މިޑްފިލްޑަރު ހެރިސަން ރީޑް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން ލިވަޕޫލަށް 34 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ހޯދި ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ފުލަމްއަށް 23 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
.gif&w=3840&q=75)







