logoEN
PNC TOP 3
ރަށުން ބޭރުގައި ލީޑްސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ

ރަށުން ބޭރުގައި ލީޑްސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ

ހަސަން ޝަމްއޫން

logo

1/4/2026, 8:31:37 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ޔުނައިޓެޑް # އިނގިރޭސި ޕްރިމިއާ ލީގު# ލީޑްސް ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

PNC MID 2

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ލީޑްސް ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި ޗެމްޕިއަން ލިވަޕޫލާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ލީޑްސްގެ އެލަންޑް ރޯޑްގައި ކުޅުނު މިމެޗުގެ ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައިކުރިހޯދީ ލީޑްސް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބްރެންޑެން އާރޮންސަން އެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މެތިއަސް ކުންޔާ އެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 31 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ލީޑްސް ޔުނައިޓެޑަށް 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC