logoEN
PNC TOP 3
ތަފާތުބޮޑު ނަތީޖާއަކުން ބެޓިސް ބަލިކުރިއިރު، ރެއާލްގެ ތަރިއަކީ 21 އަހަރުގެ ގާސިއާ

ތަފާތުބޮޑު ނަތީޖާއަކުން ބެޓިސް ބަލިކުރިއިރު، ރެއާލްގެ ތަރިއަކީ 21 އަހަރުގެ ގާސިއާ

ހަސަން ޝަމްއޫން

logo

1/4/2026, 7:59:44 PM

# ރެއާލް ބެޓިސް# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ސްޕެނިޝް ލަލީގާއި މިރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.

PNC MID 2

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ބެޓިސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެޓިސް އިންނެވެ.

ރެއާލް މެޑްރިޑްގެ އެސްޓާޑިއޯ ސަންޓިއާގޯ ބެރްނަބޭއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެެވެ. އަދި ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބެޓިސް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ފްރާން ގާސިއާ އަދި ރައުލް އަސެންސިއޯ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ރެއާލް ބެޓިސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމުގެ ފޯވާޑް ކޫޗޯ ހެނާންޑޭޒް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ.

މިނަތީޖާއެކު ލީގުގަައި ކުޅުނު 19 މެޗުން ރެއާލް މެޑްރިޑަށް 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެެވެ. އަދި މިމެޗުން ބަލިވި ރެއާލް ބެޓިސް އިން ލީގުގައި ކުޅުނު 19 މެޗުން ހޯދި 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC