logoEN
Sto top
ނައިބު ރައީސް، ނަޑެއްލާ ކައުްންސިލާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް، ނަޑެއްލާ ކައުްންސިލާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/17/2025, 11:35:30 AM

# ގދ.ނަޑެއްލާ

-

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ޚާއްޞަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ޙާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރު އެ މަޝްރޫޢާއެކު ބިން ހިއްކުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށެވެ. އަދި ޚާއްޞަކޮށް ނަޑެއްލާ ބަނދަރުގެ މަޝްރޫޢަކީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުވާ މަސައްކަތެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއަދުގެ ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކުޅިވަރުގެ ދާއިރާއިން ހުރި ފަހި ފުރުޞަތުތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC