logoEN
PNC TOP 3
މަޑޫރޯ ވަގުތުން ދޫކޮށްލަން ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

މަޑޫރޯ ވަގުތުން ދޫކޮށްލަން ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

އަހުމަދު ޝުރާއު

logo

1/4/2026, 7:12:39 AM

# ވެނެޒުއޭލާ

-

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުން، ޗައިނާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

PNC MID 2

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ވައިގެ މަގުން ވަދެ އެސަރަހައްދުގެ ގިނަ ތަންތަނަށް ހަމަލާތައް ދީފައި އެވެ. އެގޮތުން އެންމެ ބޮޑެތި ހަމަލާތަކެއް ދީފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކަށެވެ.

މި ހަމަލާތަކުގެ ޒިންމާ ނަގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އިތުރަށް ބުނީ އެމެރިކާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ އިން ގަދަކަމުން ހައްޔަރުކޮށް ގައުމުން ބޭރަށް ގެންދިއުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެދެމީހުން ވަގުތުން ބަންދުން ދޫކުރުމަށް ވަނީ ގޮވާލާފައި އެވެ.

"އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސީ މިންގަނޑުތަކާއި، އދ.ގެ ޗާޓަރުގެ މަގްސަދުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް. ޗައިނާ އިން އެމެރިކާއަށް ގޮވާލަނީ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުންގެ ޒާތީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ މީހުން ވަގުތުން ދޫކޮށްލައި، ވެނެޒުއޭލާގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލުމަށާއި، މަޝްވަރާ އުސޫލުން މައްސަލަ ހައްލު ކުރުމަށް" ބަޔާނުގައި ވަނީ ބުނެފައި އެވެ.

ޓްރަމްޕުގެ އަމުރަށް އެމެރިކާ އަސްކަރިއްޔާއިން މިފަދައިން އަމަލުކޮށްފައިވާއިރު ޓްރަމްޕު ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.

އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC