logoEN
Sto top
މަޑޫރޯ މައްޗަށް އެމެރިކާގެ ޖިނާއީ ދައުވާތަކެއް ކުރަނީ

މަޑޫރޯ މައްޗަށް އެމެރިކާގެ ޖިނާއީ ދައުވާތަކެއް ކުރަނީ

އަހުމަދު ޝުރާއު

logo

1/3/2026, 11:10:49 AM

# ވެނެޒުއޭލާ

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ "ވަގަށް" ނަގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާތަކެއް އެމެރިކާގައި ކުރަން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.

Wamco

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާގެ ގަޑިން ރޭ މެންދަމު ވަނީ އެގައުމުގެ ވެރިރަށް ކަރަކަސްއަށް ވައިގެ މަގުން ވަދެ އެސަރަހައްދުގެ ގިނަ ތަންތަނަށް ހަމަލާތައް ދީފައި އެވެ. އެގޮތުން އެންމެ ބޮޑެތި ހަމަލާތަކެއް ދީފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކަށެވެ.

މި ހަމަލާތަކުގެ ޒިންމާ ނަގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާ ސިފައިން ހައްޔަރު ކުރީ އެމެރިކާގައި ޖިނާއީ ދައުވާއެއް އުފުލުމަށް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ކަމަށް އެމެރިކާގެ ސެނެޓަރު މައިކް ލީ ވަނީ ދެންމެ ވިދާޅުވެފައި އެވެ. އަދި މަޑޫރޯ މިހާރު ހައްޔަރުކޮށްފައިވުމާއިއެކު އިތުރު ތަމަލާތަކެއް ވެނެޒުއޭލާއަށް ނުދޭނެކަމަށްވެސް ރޫބީއޯ ވިދާޅުވެފައިވާކަން ސެނެޓަރު މައިކް ވަނީ ހާމަކުރައްވާފައި އެވެ.

ނަމަވެސް މަޑޫރޯގެ މައްޗަށް ކުރަނީ ކޮން ދައުވާތަކެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ޓްރަމްޕުގެ އަމުރަށް އެމެރިކާ އަސްކަރިއްޔާއިން މިފަދައިން އަމަލުކޮށްފައިވާއިރު ޓްރަމްޕު ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.

އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC