logoEN
Sto top
ވެނެޒުއޭލާގެ ވެރިކަން ކުރާނީ އެމެރިކާއިން - ޓްރަމްޕު

ވެނެޒުއޭލާގެ ވެރިކަން ކުރާނީ އެމެރިކާއިން - ޓްރަމްޕު

އަހުމަދު ޝުރާއު

logo

1/3/2026, 7:32:57 PM

# އެމެރިކާ

-

ވެނެޒުއޭލާގެ ވެރިކަމަށް އެހެން ރައީސަކު އައްޔަނުކުރެވުމާއިހަމައަށް އެގައުމުގެ ވެރިކަން ކުރާނީ އެމެރިކާއިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

Wamco

ޓްރަމްޕު މިފަދައިން ވިދާޅޫވީ އޭނާގެ އަމުރަށް އެމެރިކާގެ އަސްކަރިއްރާއިން ވެނެޒުއޭލާއަށް ގަވާއިދާ ހިލާފަށް ވަދެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގާފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނައިކަން ޓްރަމްޕު ހާމަކުރައްވާފައިވާއިރު މަޑޫރޯ އެމެރިކާ ސިފައިންގެ ހައްޔަރުގައި ހުރި ފޮޓޯއެއްވެސް މިރޭ ޓްރަމްޕު ވަނީ އާންމުކުރައްވާފައި އެވެ.

ވެނެޒުއޭލާގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޓްރަމްޕާއި އޭނާގެ ކެބިނެޓުގެ ކަމާބެހޭ ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގެ ހިންގުން ރައްކާތެރި ވެރިކަމެއް ބަދަލުވަންދެން ވެނެޒުއޭލާގެ ވެރިކަން ބަލަހައްޓާނީ އެމެރިކާއިން ކަމަށެވެ.

"ރައްކާތެރި، ރަނގަޅު ޓްރާންސިޝަނެއް ލިބެންދެން ވެނެޒުއޭލާ ހިންގާ އަހަރަމެން" ޓްރަމްޕު ވިދާޅުވިއެވެ. އެގޮތުން އެގައުމުގެ ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެމެރިކާގެ ފޮރިން ސެކެޓްރީ މާކޯ ރޫބިއޯއާއި ޑިފެންސް ސެކެޓްރީ ޕީޓްކަމުގެ އިޝާރާތެއްވެސް ޓްރަމްޕު ދެއްވި އެވެ. "އަހަރުމެން ބޭނުމެއް ނޫން އެހެން މީހަކު އެ މަގާމާ ހަވާލުވެ އެތައް އަހަރެއް ވަންދެން އޮތް ހާލަތަކަށް ދާކަށް." ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު މީގެ ކުރީން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.

އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC