logoEN
Sto top
ވެނެޒުއޭލާއަށް ވައިގެ ހަމަލާތަކެއް: ހަމަލާތައް ފެށުމުގެ ކުރީން އެމެރިކާގެ އެއާލައިންތަށް ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ނުވަންނަށް އެންގި!

ވެނެޒުއޭލާއަށް ވައިގެ ހަމަލާތަކެއް: ހަމަލާތައް ފެށުމުގެ ކުރީން އެމެރިކާގެ އެއާލައިންތަށް ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ނުވަންނަށް އެންގި!

އަހުމަދު ޝުރާއު

logo

1/3/2026, 8:32:16 AM

# ވެނެޒުއޭލާ

ވެނެޒުއޭލާއަށް ވައިގެ ހަމަލާތަކެއް ދިނުމުގެ އިރުތަކެއް ކުރީން ފެށިގެން އެމެރިކާގެ އެއާލައިންތަކުން ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ނުވަންނަށް އެމެރިކާގެ ވައިގެ ދަތުރުފަތުރާއި ބެހޭ މައި އިދާރާއިން އެންގިކަން ހާމަވެއްޖެ އެވެ.

Wamco

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ވައިގެ ދަތުރުފަތުރާއިބެހޭ މައި އިދާރާ ، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކާއި ހަވާލާދީ އެސޯސިއޭޓް ޕްރެސްއިންނެވެ. އެގޮތުން އޮފިޝަލާއި ހަވަލާދީ އެސޯސިއޭޓް ޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއިދާރާއިން ވަނީ ވެނެޒުއޭލާގެ ކަރަކަސްއަށް ހަމަލާތައް ދިނުމުގެ ވަގުތުތަކެއް ކުރީން އެމެރިކާގެ ހުރިހާ ކޮމާޝަލް އެއާލައިންއަކަށް ވެނެޒުއޭލާގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އަންގާފައި އެވެ. އަދި ސަބަބެއްގެ ގޮތުގައި އެފްއޭއޭއިން އެއާލައިންތަކަށް އެންގީ "އަސްކަރީ" ހަރަކާތްތަކެއް އެސަރަހައްދުގައި ކުރިޔަށްދާތީ ކަމަށެވެ.

އެހެން އޮފިޝަލަކުވެސް ވަނީ އެފްއޭއޭއިން މި ނިންމުން ނިންމައި އެއާލައިންތަކަށް އެންގީ ހަމަލާދިނުމުގެ ކުރީންކަން ކަށަވަރުކޮށްދީފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ މަތީން އަސްކަރީ ޖެޓުތަކަކާއި ހެލިކޮޕްޓަރުތަކެއް އުދުހެމުންދާއިރު އެސަރަހައްދުގެ ގިނަ ތަންތަނަށް ވަނީ ހަމަލާތައް ދީފައި އެވެ. މިހަމަލާތައް ދެމުން އަންނަނީ ސީދާ ކޮން ބައެއްކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ހަމަލާތައް ދެމުން އަންނަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އެމެރިކާއާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މީގެ ކުރީން ދީފައި އެވެ.

މި ހަމަލާތަކަކީ އެމެރިކާއިން ދެމުން އަންނަ ހަމަލާތަކެއް ކަމަށާއި އެހެންކަމުން އެމެރިކާއާއި މެދު ފިޔަވަޅު އެޅުމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯވެސް މީގެ އިރުކޮޅެއް ކުރީން ގޮވާލާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުންނާއި ސުވާލުކުރުމުން އެފަރާތްތަކުން ޖަވާބުގައި ބުނެފައިވަނީ ވެނުޒުއޭލާއަށް ހަމަލާތަކެއް އަންނަ ކަމުގެ މައުލޫމާތު " ލިބިފައިވާ " ކަމަށެވެ. ނަމަވެސް މިއީ އެމެރިކާއިން ދިން ހަމަލާއެއްތޯ ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ ފުރަގަސްދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC