
ވެނެޒުއޭލާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި، އެމެރިކާއިން ހަމަލާތަކުގެ ޒިންމާ ނަގާފައެއްނުވޭ!
# ވެނެޒުއޭލާ-
ވެނެޒުއޭލާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ މަތީން އަސްކަރީ ޖެޓުތަކަކާއި ހެލިކޮޕްޓަރުތަކެއް އުދުހެމުންދާއިރު އެސަރަހައްދުގެ ގިނަ ތަންތަނަށް ވަނީ ހަމަލާތައް ދީފައި އެވެ. މިހަމަލާތައް ދެމުން އަންނަނީ ސީދާ ކޮން ބައެއްކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ހަމަލާތައް ދެމުން އަންނަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން އެމެރިކާއާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މީގެ ކުރީން ދީފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުންނާއި ސުވާލުކުރުމުން އެފަރާތްތަކުން ޖަވާބުގައި ބުނެފައިވަނީ ވެނުޒުއޭލާއަށް ދެމުންދާ ހަމަލާތަކުގެ މައުލޫމާތު " ލިބިފައިވާ " ކަމަށެވެ. ނަމަވެސް މިއީ އެމެރިކާއިން ދިން ހަމަލާއެއްތޯ ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ ފުރަގަސްދެމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..








