
މިސީޒަނުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެމެޗުން ލިވަޕޫލަށް ދެ ޕޮއިންޓް
# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# ލީޑްސް ޔުނައިޓެޑް# އިނގިރޭސި ޕްރިމިއާ ލީގުލިވަޕޫލް އާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ޗެމްޕިއަން ލިވަޕޫލުން ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ލީޑްސް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނި 3-3 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މުޅި މެޗުގައި ވެސް ލަނޑުޖަހާނެ މުޅިން ހުސް ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއްނުވެއެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ލީޑްސް ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން ލިވަޕޫލަށް 33 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ލީޑްސް ޔުނައިޓެޑަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
ލީގުގަައި ލިވަޕޫލަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އާދިއްތަ ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑުން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




