logoEN
Sto top
ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވުމަށްފަހު ވުލްވްސް އިން ފުރަތަމަ ޕޮއިންޓް ހޯދައިފި

ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވުމަށްފަހު ވުލްވްސް އިން ފުރަތަމަ ޕޮއިންޓް ހޯދައިފި

ހަސަން ޝަމްއޫން

logo

12/31/2025, 3:05:25 AM

# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ވުލްވްސް# އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވެ ތާވަލުގެ ފުލުގައި އޮތް ވުލްވްސް އިން ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ތިން މަހަށް ފަހު ލީގު މެޗަކުން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދައިފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ވުލްވްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ޖޯޝުއާ ޒިކްޒީ އެވެ.

ވުލްވްސް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޗެކް ރިޕަބްލިކް ޑިފެންޑަރު ލަޑިސްލާވް ކްރެޖްސީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 90 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC