
ސައުދީ ލީގުގައި އަލް ނަސްރުން ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފި
# އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް އިއްތިފާގުއަަލް ނަސްރު އާއި އަލް އިއްތިފާގު ވާދަކުރި މެޗުގެ ތެރެއިން..
ސައުދީ ޕްރޯ ލީގުގައި ރޭ ރަށުން ބޭރުގައި އަލް އިއްތިފާގައި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަލް ނަސްރުން މިސީޒަނުގައި ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް 10 މެޗަށްފަހު ނިމުމަކަށް އައިސްފިއެވެ.

ދަމްމާމްގެ ޢަބްދުالله އަލް ދާބީލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިފާގުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ޖޯޖީނިއޯ ވައިނާލްޑަމް އެވެ.
އަލް ނަސްރުން ނަތީޖާ އެއްވަރުކުރި ލަނޑުު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އެވެ.
އަލް ނަސްރުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރިއިރު، ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އަލް އިއްތިފާގަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވައިނަލްޑަމް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން އަލް ނަސްރަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 11 މެޗުން އަލް އިއްތިފާގަށް 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




