logoEN
Sto top
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފްލެޓު އެއްބަސްވުމެއްގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފްލެޓު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

12/29/2025, 8:45:20 AM

# ގެދޮރުވެރިޔާ

-

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ.

Wamco

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާއިއެކު ހިއްސާކުރައްވާފައެވެ.

މި ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓު ދޫކުރާއިރު 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވެއެވެ.

މިހާތަނަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައިވަނީ 399 މީހަކާއި ކަމަށްވާއިރު 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެނަށް ތަޅުދަނޑިތައް ހަވާލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ޙަވާލުވިއިރު ނިނމިފައިވަނީ މި ޕްރޮޖެކްޓުގެ 32 އިންސައްތައެވެ. މި ދައުރުގައި 68 އިންސައްތަ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސް ނިންމާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC