logoEN
Sto top
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

3/19/2025, 9:37:35 AM

# ގެދޮރުވެރިޔާ

--

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓަށް މި ސަރުކާރުން ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

Wamco

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މި މިނިސްޓްރީން ޞައްޙަކުރުމަށްފަހު، ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިސްޓާއި ގުޅިގެންޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 15 އޭޕްރިލް 2025 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ,

އެގޮތުން މަރުޙަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައިހުރި މި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭސީސީއިން ބޮޑު ތަހުގީގެއް ކުރި މި ފްލެޓުތަކުގެ މައްސަލާގައި ދިގު ވެރިފިކޭޝަނަކަށްފަހު ސަރުކާރުން އާންމުކުރި ލިސްޓަށް ބަލާއިރު ކުރިން ނެރުނު ފްލެޓު ލިސްޓުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 1820 މީހުންނެވެ. ވެރިފިކޭޝަން ފުރިހަމަކޮށްފައިވަނީ ކުރީ ސަރުކާރުން ނެރުނު 4000 މީހުންގެ ލިސްޓު ކަމަށްވުމާއި އެކު ބާކީ ހުރި ފްލެޓުތައް ދޭން މީހުން ކަނޑައަޅާނީ ބާކީ ހުރި ފަރާތްތަކުގެ ފޯމުތަކާއި އެޕްލިކޭޝަނަށްތައް ވެރިފައި ކުރުމަށްފަހުގައި ކަން ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC