logoEN
Sto top
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިފި

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިފި

އަހުމަދު ޝުރާއު

logo

3/1/2025, 3:03:17 PM

# ގެދޮރުވެރިޔާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުންގެ ލިސްޓު ވެރިފައިކޮށް މި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އައު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

Wamco

ހައުސިން މިނިސްޓްރީން އެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި ލިސްޓުގައި ޝަރުތު ހަމަ ނުވާ މީހުންނާއި ޝަރުތު ހަމަވި މީހުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. އަދި ޝަތުރު ހަމަ ނުވި ސަބަބު ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ޝަަރުތު ހަމަނުވާ މީހުންގެ ސަބަބު ތަފްސީލްކޮށް ހާމަކޮށްފައިވަނީ އެމީހެއް ފޯމު ހުށަހެޅި ޕޯޓަލްގައި އެވެ.

އޭސީސީއިން ބޮޑު ތަހުގީގެއް ކުރި މި ފްލެޓުތަކުގެ މައްސަލާގައި ދިގު ވެރިފިކޭޝަނަކަށްފަހު ސަރުކާރުން އާންމުކުރި ލިސްޓަށް ބަލާއިރު ކުރިން ނެރުނު ފްލެޓު ލިސްޓުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 1820 މީހުންނެވެ. ވެރިފިކޭޝަން ފުރިހަމަކޮށްފައިވަނީ ކުރީ ސަރުކާރުން ނެރުނު 4000 މީހުންގެ ލިސްޓު ކަމަށްވުމާއި އެކު ބާކީ ހުރި ފްލެޓުތައް ދޭން މީހުން ކަނޑައަޅާނީ ބާކީ ހުރި ފަރާތްތަކުގެ ފޯމުތަކާއި އެޕްލިކޭޝަނަށްތައް ވެރިފައި ކުރުމަށްފަހުގައި ކަން ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC