logoEN
Sto top
ބައިވެރިޔާއަށް ގޯތިލިބިފައި އޮތަސް ފްލެޓް ލިބޭގޮތް ހަދައިފި

ބައިވެރިޔާއަށް ގޯތިލިބިފައި އޮތަސް ފްލެޓް ލިބޭގޮތް ހަދައިފި

އަހުމަދު ޝުރާއު

logo

7/19/2025, 5:40:17 PM

# ގެދޮރުވެރިޔާ

--

އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތްނަމަ ފްލެޓު ނުލިބޭ ގޮތަށް އުސޫލަށް ގެނައި ބަދަލަށް އަމަލުނުކުރަން ނިންމައިފި އެވެ.

Wamco

ހައުސިންގ މިނިސްޓްރީން ބުނީ މީގެ ކުރީން އެމިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވުމުން، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމެއްކަމުގައިވާތީ، އެކަމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ޙަވާލާދީފައިވާ ކުރިން ނެރުނު އިއުލާނަށް ޢަމަލުނުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ބުނެފައި އެވެ.

މީގެ އިތުރުން 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓާ ގުޅިގެން، ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރި 4000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައި އެވެ. އެގޮތުން ފްލެޓުތައް ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއް ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC