logoEN
Sto top
ގްލޯބަލް ސޮކާ އެވޯޑްގެ މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑެމްބެލޭއަށް!

ގްލޯބަލް ސޮކާ އެވޯޑްގެ މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑެމްބެލޭއަށް!

ހަސަން ޝަމްއޫން

logo

12/28/2025, 6:18:39 PM

# ބޭރު ދުނިޔޭގެ ކުޅިވަރު

އުސްމާން ޑެމްބެލޭ

ގްލޯބަލް ސޮކާ އެވޯޑް 2025 ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، މިއަހަރުގެ ފީފާ ދަ ބެސްޓްގެ އިތުރުން ބެލެންޑިއޯ އެވޯޑް ވެސް ހޯދި ޕީއެސްޖީގެ ފްރާންސް ފޯވާޑް އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްފިއެވެ.

Wamco

މީގެ އިތުރުން މިއަހަރު ގްލޯބަލް ސޮކާ އެވޯޑް ނައިޓުގައި ހޮވި މިއަހަރުގެ މިޑިލް އީސްޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކާމިޔާބުކުރީ ސައުދީ ޕްރޯ ލީގުގައި ކުޅެމުންއަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑް އެވެ.

މިއަހަރުގެ މިޑިލް އީސްޓްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އުމުރުން 40 އަހަރުގެ ރޮނާލްޑް އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ ސައުދީ ލީގުގެ އަލް އަހްލީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ފޯވާޑް ރިޔާދް މަހަރޭޒް އެވެ.

މިއީ ގްލޯބަލް ސޮކާ އެވޯޑްގައި މެދުއިރުމަތީގެ އެންމެ ކުޅުންތެރިޔާގެ އެވޯޑް 2023 ގައި ދޭންފެށި ފަހުން ރޮނާލްޑޯ މިއެވޯޑް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އަދި މިއަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ޕީއެސްޖީގެ ކޯޗު ލުއިސް ހެންރީކޭ ހޯދިއިރު، އެންމެ މޮޅު ޓީމަކަށް ހޮވުނީ މިއަހަރު ހަ ތަށި ކާމިޔާބުކުރި ޕީއެސްޖީ އެވެ.

އެންމެ މޮޅު ފޯވާޑްގެ މަގާމު ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ހޯދިއިރު، 23 އަހަރުން ދަށުގެ މޮޅުކުންތެރިއަކަށް ހޮވުނީ ވެސް ޔަމާލް އެވެ. މީގެ އިތުރުން މިއަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ޕީއެސްޖީގެ ޑިޒެއާ ޑޫއޭ ހޯދިއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޕީއެސްޖީގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC