.webp&w=3840&q=75)
ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފި
# އެޑިއުކޭޝަން މިނިސްޓްރީ-
ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއާއި، މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި، ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ޙަރަކާތެކެވެ.
މި ޙަރަކާތުގައި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައާއި، ޝަހީދު ޢަލީ ސްކޫލްގައި 100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް މި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވިއެވެ.
ގުޅުންހުރި

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި

"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" ގައި ހުރިހާ އުމުރުފުރާއަކުން ރާއްޖެއަށް އެއްވަނަ!

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި




