
-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމާ ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމާ މިހާރުވަނީ ހިދުމަތް ދިނުމާށް ތައްޔާރުވެފައެވެ. އެގޮތުން ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވެގޮތަށް ގާއިމްކޮށްފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭ އިން މިހާރު ވަނީ ހުއްދަވެސް ދީފައެވެ. އެހެންވީމާ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި މި ފެސިލިޓީން ފުވައްމުލައް ރައްޔިތުންނަށް މަސްގަނެ ޕްރޮސެސް ކުރަން ފަށަނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން މަރުކަޒުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މީގެއިތުރުން މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ.
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން. އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.
ގުޅުންހުރި

ފުވައްމުލަކު ފިޝް ޕްރޮސެސިންގ ފެސިލިޓީން ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ

10 ޑިސެމްބަރުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮކުރަނީ

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ





