logoEN
PNC TOP 3
މަސްދަޅުގެ އަގު ބޮޑުކުރި ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް އިއާދަކޮށްފި

މަސްދަޅުގެ އަގު ބޮޑުކުރި ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް އިއާދަކޮށްފި

އަހުމަދު ޝުރާއު

logo

4/6/2026, 1:53:16 PM

# މިފްކޯ

މަސްދަޅުގެ އަގު ބޮޑުކުރި ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް އިއާދަކޮށްފި އެވެ.

PNC MID 2

މިފްކޯއިން މިއަދު މެންދުރުފަހު ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެންނެވެ.

ނަމަވެސް އެނިންމުން ބަދަލުކޮށް މިފްކޯއިން ބުނީ އެ ކުންފުނިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތް ގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށްކަމަށެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން މިއަދު އަގުބޮޑުކޮށް ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.

އަދި މާރިޗް މަހުގެ ކުރިން 11.57ރ. އަށް ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. ގެ ބޮޑުވުމަކާއެކު 25.89ރ. އަށް ކަމުގައިކަންވެސް މިފްކޯއިން އޭރު ހާމަކުރިއެވެ.

ކޮމެންޓް
ފަހުގެ
HDC