logoEN
PNC TOP 3
މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފި

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފި

# މަސްވެރިން# މިފްކޯ

މަސްވެރިން

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

PNC MID 2

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތާ ހަމައަށް މިފްކޯއަށް 233 ދޯންޏަކުން 352 މެޓްރިކް ޓަނުގެ މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލް 5،142،537 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މި މުއްދަތުގެ ތެރެއިން އެންމެ ގިނައިން މި މަހުގެ 2 ވަނަ ދުވަހުގައި މަސްކިރާފައިވާއިރު، އެދުވަހު 21 ދޯންޏަކުން މަސްކިރާފައިވާއިރު، ޖުމްލަ 714,333 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކަޅުބިލަ މަހަށް 4.1 މިލިޔަން ރުފިޔާވަނީ ދޫކޮށްފަ އެވެ. އަދި 816،720 ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ 15 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނަށެވެ. މި ލިސްޓުގެ ތިންވަނައިގައި އުޅެނީ 10 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނެވެ. އެއީ މުޅި ޖުމްލަ 335،636 ރުފިޔާ އެވެ.

މަސްވެރިންނަށް ދޫކުރާ ފައިސާގެ އަދަދު ދަށްވެފައިވަނީ ރޯދަމަހުގެ ސަބަބުން މަހަށް ނިކުންނަށް މަސްދޯނި މަދުވުމުގެ ސަބަބުންނެވެ. އަދި މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC