logoEN
Sto top
އަންނަ ޖެނުއަރީ މަހުން ފެށިގެން އަމިއްލަ ފަރުދުންނަށް ޑިކްލަރޭޝަން ހުށަހެޅޭނެ: ދިޔާނާ

އަންނަ ޖެނުއަރީ މަހުން ފެށިގެން އަމިއްލަ ފަރުދުންނަށް ޑިކްލަރޭޝަން ހުށަހެޅޭނެ: ދިޔާނާ

ހުސައިން އަހްމަދު

logo

12/21/2025, 4:03:41 AM

# މޯލްޑިވްސް ކަސްޓަމްސް# ސީޖީ ދިޔާނާ

ފޮޓޯ: ކަސްޓަމްސް

އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑިކްލަރޭޝަން ހުށަހެޅޭ ގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

Wamco

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 18ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ކަސްޓަމްސް ޚިދުމަތް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެންނަ ބަދަލުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން މިވަގުތު ގެންނަން ނިންމަވާފައިވާ އެއް ބަދަލަކީ، އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދައްކަން ޖެހޭ މުދަލަށް ޑެކްލަރޭޝަން އަމިއްލައަށް ހުށަހެޅޭ ގޮތަށް ހެދުން ކަމަށް ސީޖީ ވިދާޅުވިއެވެ.

މިހާރު އޮންނަ އުސޫލުގެ ތެރޭގައި އަމިއްލަ ފަރުދުންގެ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތެއް ނޯންނަ ކަމަށް ސީޖީ ވިދާޅުވިއެވެ.

ނަމަވެސް ތަޢާރަފް ކުރެވޭ މި ބަދަލާއެކު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ޑެކްލަރޭޝަން ހުށަހަޅާ ޑިއުޓީ ދެއްކޭނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މިޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ކަސްޓަމްސް އިން އާންމު ކުރާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC