logoEN
Sto top
ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން އެއްވަރު

ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

12/20/2025, 6:46:28 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ# ނިއުކާސަލް ޔުނައިޓެޑް # އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ އާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

Wamco

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެފައިވާއިރު، ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނިއުކާސަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ނިކް ވޮލްޓަމޭޑް އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވޮލްޓަމޭޑް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ރީސް ޖޭމްސް އެވެ. އަދި ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 17 މެޗުން ޗެލްސީއަށް 29 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު 17 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 23 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ މިމަހުގެ 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެސްޓަންވިލާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް އިން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC