
-
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި، އެ ވުޒާރާގެ އިސްވެރިން، ލ އަތޮޅުގެ ބައެއް ރަށަތަކަށް ޒިޔާރަތް ކުރައްވާ، އެރަށްރަށުގެ ދަނޑުވެރިކަމުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ލ އަތޮޅުގެ ގަން، އިސްދޫ، ފޮނަދޫ އަދި ކުނަހަންދޫއަށް ޒިޔާރަތް ކުރެއްވިއެވެ.
މި ދަތުރުފުޅުގާއި ވަޒީރު ވަނީ އެރަށްރަށުގެ ކައުންސިލްތަކާއި ދަނޑުވެރިންނާއި ބައްދަލު ކުރައްވާ ދަނޑުވެރިނަށް، އެދާއިރާގައި ހުރި ގޮންޖެހުންތައް އަޑު އައްސަވާފައެވެ. މީގެ ތެރޭގައި ދަނޑުތަކަށް ގެއްލުން ދޭ ޕެސްޓް ތަކާއި، ހައްދާތަކެއްޗަށް މާކެޓް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ރަށްރަށުން ވަޒީރާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދަނޑުވެރިކަން އެރަށްރަށުގައި ފުޅާކޮސް ތަރައްގީ ކުރުމަށްޓަކައި، ކުރެންހުރި މަސައްކަތްތައް އޮޅުންފިލުވައި، ވުޒާރާގެ ފަރާތުން ލިބެން ހުރި ޚިދުމަތްތަކާއި ދަނޑުވެރިންނަށް ހުރި ފުރުސަތުތައް ވަނީ އޮޅުން ފިލުވައި ދެއްވާފައެވެ.
ވަޒިރުގެ މި ދަތުރުދުޅުގައި، އެރަށްރަށުގެ ދަނދުވެރިން ކުރާ ބައެއް ސަރަހައްދުތަކާއި ބައެއް ދަނޑުތައްކަވެސް ޒިޔާރަތް ކުރައްވާ ހާލަތު ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ބައެއް ވެރިންނާއި ، ދަނދުވެރިކަމާއި ބެހޭ ޑިޕާޓްމަންޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ގުޅުންހުރި

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
ށ. ގޮއިދޫގައި ހަދަމުން އަންނަ ގްރީން ހައުސްތަކުގެ ބޮޑު ބައި ނިމިއްޖެ

ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް "ވާދޫ ގްރީން ފާމް" އިފްތިތާޙްކޮށްފި

.gif&w=3840&q=75)



