logoEN
Sto top
ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

12/20/2025, 2:17:46 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމި އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ލ އަތޮޅާއަށް ހަމައަށް މިއަދުގެ 05:00 އިން ފެށިގެން މެންދުރު 11:00 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެ ސަރަހައްދަށް އިއްޔެއިން ފެށިގެން މޫސުން ގޯސްވެފައިވާއިރު މިއީ ބޭ އޮފް ބެންގާލްގައި އުފެދެމުންދާ ކޮޅިގަނޑަކާއި ގުޅިގެން ކުރާ ވިއްސާރައެއްކަމަށް ސަރަހައްދުގެ މޫސުން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC