
-
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް، ރައްޔިތުން ހޮވާނެކަމުގެ އުއްމީދު ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނީ ސެންޓާ ފޯރ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ވަނީ ދައްކާފައެވެ.
އެ ކަމާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް 'އެކްސް' ގައި ހިއްސާކުރައްވާ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަޞައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިޢާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ރައްޔިތުން ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
''އެއީ ރާއްޖޭގެ ކުރިމަގަށް ވެސް އޮތް އުންމީދެއް'' މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެެ.
ގުޅުންހުރި
-1770016002726.webp&w=3840&q=75)
އިންތިހާބުތަކުން ތަޅުއެޅުވިފައި އޮތުން ނިންމަން ދެ އިންތިހާބު އެއްކޮށްލަން ޖެހޭ: އާދަމް ޝަރީފް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކުގައި މަސްދަޅުކޭސް ބަހަން ފެށޭނެ: އާދަމް ޝަރީފް

ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: އާދަމް ޝަރީފް





